އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިހާރުން މިހާރަށް ފަލަސްތީނަށް އަނބުރާ ހަވާލުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.

މުއިއްޒު އެގޮތަށް ގޮވާލައްވާފައި ވަނީ ފަލަސްތީނުގެ ގާޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން މިއަދު ހެނދުނުން ފެށިގެން އިޒްރޭލަށް ދެމުން އަންނަ ވަރުގަދަ ހަމަލާތަކާ ގުޅިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ޣައްޒާއަށް ބޮން އަޅަމުންދާތީއެވެ.

މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އިޒްރޭލުން ބަލައިގަނެ، 1967 ވަނަ އަހަރުގެ ކަނޑައަޅާފައިވާ ބޯޑަރާ އެއްގޮތަށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި އިރުމަތީ ގުދުސްއިން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީނަށް އެތަނަށް އަނބުރާ ދެވޭނެ މަގު ހޯދައިދޭންޖެހޭ ގޮވާލެއްވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ހަމާސްގެ ހަމަލާތަކުގައި މިހާތަަނަށް އިޒްރޭލުގެ 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 232 މީހުން ވަނީ ޝަހީދުވެފައެވެ.