ޗައިނާއަށް ސްޕައި ކުރިކަމުގެ ތުހުމަތުގައި އެމެރިކާގެ ކުރީގެ ސިފައިންގެ މީހަކު ހައްޔަރުކޮށްފިއެވެ.
އެމެރިކާގެ އުމުރުން 29 އަހަރުގެ ޖޯސެފް ޝުމިޑް ނަމަކަށް ކިޔާ ސިފައިންގެ މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ހޮންކޮން އިން އެނބުރި ސެންފްރެންސިސްކޯ އެއާޕޯޓަށް ދިޔަ ވަގުތު އެއާޕޯޓުންނެވެ.
އޭނާ އެމެރިކާގެ އާމީގައި ސާޖެންޓަކަށް މަސައްކަތް ކޮށްފައިވަނީ 2015 އިން 2020 އަށެވެ.
އޮފިޝަލުން ވަނީ ޖޯސެފް އަކީ އެމެރިކާގެ އެންމެ މަތީ ސީކްރެޓް ޑޮކިއުމެންޓުތަކަށް އެކްސެސްވެވޭ މީހެއް ކަމަށް ވިދާޅުވެފައެވެ. އޭނާއަކީ އާމީގައި އުޅުނު ދުވަސްވަރު އެމެރިކާ ސަރުކާރުގެ އެންމެ މަތީ ސިއްރު މައުލޫމާތުތައް އެނގޭ ފަދަ މަގާމެއްގައި މަސައްކަތް ކުރި ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.
އޮފިޝަލުން ވަނީ ޖޯސެފް އިންޓަނެޓް މެދުވެރިކޮށް ކޮށްފައި ހުރި ސާޗްތައް ދިރާސާކޮށް އޭނާ، ޗައިނާއަށް ސްޕައި ކޮށްދިން ކަން ސާބިތުވާ މިންވަރަށް ހެކި ހުރި ކަމަށް ވިދާޅުވެފައެވެ.
މީގެ ދެ މަސް ކުރިން ވެސް އެމެރިކާގެ ނޭވީގެ ދެ މީހަކު ވަނީ ޗައިނާއަށް ސްޕައި ކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ