އިއްޔެ އާއި މިއަދު ކުރި ވިއްސާރައިގައި ހަތަރު ރަށެއްގައި ފެން ބޮޑުވުމުގެ ސަބަބުން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ފެން ބޮޑުވެގެން ރިޕޯޓުކޮށްފައިވާ ޅ. ނައިފަރު، ށ. ގޮއިދޫ، އއ. ފެރިދޫ އަދި ބ. މާޅޮހުން ކަމަށެވެ.
ނައިފަރުގައި ފެން ބޮޑުވުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެތަކަށް އަސަރުކޮށްފައިވީ ނަމަވެސް އެ ގެތަކުން މީހުން ބަދަލުކުރާ ހާލަތައް ނުދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. ގޮއިދޫގައި ފެން ބޮޑުވުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައިނުވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ފެރިދޫގައި ފެން ބޮޑުވުމުގެ ސަބަބުން ދެ ގެއެއްގެ މީހުންނަށް ދިރިއުޅެން ދަތިވާވަރު ވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. މާޅޮހުގަައި ވެސް ފެން ބޮޑުވުން ފިޔަވައި އިތުރު ކަމެއްވެފައިނުވާ ކަމަށް އެންޑީއޭމްއޭއިން ބުންޏެވެ.
ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާ ރަށްރަށުގައި ކައުންސިލްތަކުން ދަނީ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފެންގަނޑު ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެންޑީއެމްއޭއިން ވަނީ އެމްއެންޑީއެފްއަށް 1،000 ވެލިބަސްތާ ފޯރުކޮށްދީފައެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެތީ މެޓް އޮފީހުގެ އެންގުންތަކަށް ސަމާލުކަން ދިނުމަށް އެންޑީއެމްއޭއިން ވަނީ އެދިފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން އެލާޓް ނެރޭ ސަރަހައްދުތަށް 24 ގަޑިއިރު މޮނިޓާ ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު