ހުޅުމާލެއަށް ދިޔަ މަގުމަތީގައި ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ނައިބު ރައީސް ފައިސަލް ނަސީމް އެހީތެރިކަން ފޯރުކޮށްދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި މާލެއިން ހުޅުމާލެ އަށްދާ ހައިވޭގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ފިރިހެނަކަށެވެ. އެ މީހާ ބިންމައްޗަށް ވެއްޓިފައި އޮއްވައި ނައިބު ރައީސް ފައިސަލް، އެމީހާ ކައިރިއަށް ވަޑައިގެން ހަކަ ދައްކަވައި ހާލު ބައްލަވާ މަންޒަރު ފެނެއެވެ. އެވަގުތު ނައިބު ރައީސް ގެންދިޔައީ ފޯނުން އެމީހާގެ ހާލަތުވެސް ކިޔައިދެއްވަމުންނެވެ.
ނައިބު ރައީސްގެ އިތުރުން އެ ސަރަހައްދުގައި ތިބި އެހެން މީހުން ވެސް ވަނީ އަނިޔާވި މީހާއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ނައިބު ރައީސްގެ ސެކިއުރިޓީންނާއި ފުލުހުންވެސް ތިއްބެވިއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލްގެ އެމްބިއުލާންސް އައިސް، މަގުމައްޗަށް ވެއްޓިފައި އޮތް މީހާ އަށިގަނޑަށް ލައިގެން ގެންދަން ދެންވެސް ނައިބު ރައީސް އެ ތަނުގައި ހުންނެވިއެވެ.
އެ މީހާއަށް އެހީވި ވީޑިއޯއާ އެކު ގިނަ ބައެއްގެ ތައުރީފު ވަނީ ނައިބު ރައީސަށް ލިބިގެން ގޮސްފައެވެ. އެގޮތުން ނައިބު ރައީސަކީ ވަރަށްވެސް ހިތްތިރި ބޭފުޅެއް ކަމަށާއި ރާއްޖޭގައި މިހާތަނަށް ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގާބިލު އަދި އެންމެ ހިތްހެޔޮ ނައިބު ރައީސަކީ ފައިސަލް ނަސީމް ކަމަށް ބުނެ، ގިނަ ފަރާތްތަކަކުން ވަނީ ތައުރީފު ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު