ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕާޓީ ބަދަލުކުރުމާ ގުޅިގެން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި އަމިއްލަ މެމްބަރުން ތަމްސީލު ކުރާނެ ނިސްބަތް ކަނޑައަޅައި، އައްޔަން ކުރި މެމްބަރުންގެ ނަންތަކާއެކު މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރި ރިޕޯޓުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ އެމްޑީޕީއަށް، ކޮމިޓީތަކުގެ ބޮޑު މެޖޯރިޓީއެއް ވަނީ ދީފައެވެ.
- އެމްޑީޕީ - 64 ޕަސަންޓް - 113 ސްލޮޓް
- ދަ ޑިމޮކްރެޓްސް - 15 ޕަސަންޓް - 27 ސްލޮޓް
- ޕީޕީއެމް - ފަސް ޕަސަންޓް - އަށް ސްލޮޓް
- ޕީއެންސީ - ފަސް ޕަސަންޓް - އަށް ސްލޮޓް
- އެމްއެންޕީ - ތިން ޕަސަންޓް - ހަ ސްލޮޓް
- އެމްޑީއޭ - ދެ ޕަސަންޓް - ހަތަރު ސްލޮޓް
- ޖޭޕީ - ދެ ޕަސަންޓް - ހަތަރު ސްލޮޓް
- ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން - ތިން ޕަސަންޓް - ހަ ސްލޮޓް
ކޮމިޓީތައް އެކުލަވާލާފައިވާ ގޮތަށް ބަލާއިރު، ބައެއް ކޮމިޓީތަކުގައި ހުރިހާ ޕާޓީތަކެއްގެ މެމްބަރުން ތަމްސީލު ކޮށްފައެއް ނުވެއެވެ. އެގޮތުން ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ތިއްބަވާނީ ހަމަ އެކަނި އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު