ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައިގެ އަސަރުކޮށްފާނެކަމަށް ބަލައި، މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މިރޭ ހުދަ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މެޓުން ބުނީ، މިރޭ 10:00 އިން ފެށިގެން ދަންވަރު 02:30 އާ ހަމައަށް އެ ސަރަހައްދުތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނު ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެެދެގެ ބާރު މިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓުން ބުންޏެވެ.

ރާޅުގެ އުސްމިން ހުންނާނީ ދެ ފުޓާއީ ފަސް ފޫޓާ ދެމެދުކަމަށް މެޓުން ބުންޏެވެ. އެހެންވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައަރާފާނެކަމަށް މެޓުން ބުންޏެވެ.