ޖައްވަށް ކުނި އަޅައިގެން ފުަރަތަމަ ފަހަރަށް ޖޫރިމަނާ ކޮށްފިއެވެ.

އެމެރިކާގެ ފެޑަރަލް ކޮމިއުނިކޭޝަންސް "އެފްސީސީ" އިން ވަނީ ޑިޝް ބޭނުން ކޮށްގެން ޓީވީގެ ހިދުމަތް ދޭ ކުންފުންޏެއް 150،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

ސެޓަލައިޓް ޓީވީ ގެ ހިދުމަތްދޭ އެ ކުންފުނިން ވަނީ އެ ޖޫރިމަނާ ގަބޫލު ކުރާކަމަށް ބުނެފައެވެ. އެއަށް އަމަލު ކުރާނެ ކަމަށްބުނެ އެ ކުންފުނިން ވަނީ ސެޓަލައިޓާ މެދު ވަކި ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށްބުނެފައެވެ.

އެފްސީސީ އިން ވަނީ ޖައްވުގައި ބޭނުން ނުކޮށް ދޫކޮށްފައިވާ ގިނަ ސެޓަލައިޓު ހުރިކަމަށް ބުނެފައެވެ. އަދި އެކަމުގެ ސަބަބުން ކުންފުނިތަކާއި ސަރުކާރުތަކުން ވެސް ގިނަ ޝަކުވާ ލިބެމުންދާކަމަށް އެފްސީސީ އިން ބުނެއެވެ.

ޖޫރިމަނާ ކޮށްފައިވަނީ އެކޯ ސްޓަރ-7 ސެޓަލައިޓަކީ 2002 ވަނަ އަހަރު ލޯންޗު ކުރި ސެޓަލައިޓެކެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެ ސެޓަލައިޓް ވަނީ ބޭނުން ކުރުން ހުއްޓާލާފައެވެ. އަދި ޖަށްވަށް ދޫކޮށްލި ސަބަބެއް ކަމުގައި އެ ކުންފުނިން ބުނެފައިވަނީ ބޭނުން ނުކުރާ ސެޓަލައިޓުތައް ހުންނަ ޖައްވުގެ ސަރަހައްދަށް ގެންދެވޭނެ ވަރުގެ ހަކަތަ އެ ސެޓެލައިޓުގައި ނެތުމުން ކަމަށް ބުނެފައިވެއެވެ.