ނާސާ އިން ހަނދުގައި މީހުން އާބާދު ކުރުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށް ބުނެފިއެވެ. އެއީ އިންސާނުންނަށް އެ ތަނުގައި ދިރިއުޅުމުގެ ފުރުސަތު ދޭން ބޭނުންވާތީ އެވެ.
ނާސާއިން 2040 ވަނަ އަހަރުގެ ނިޔަލަށް ހަނދުގައި ގެދޮރު އަޅަން ރާވާފައިވާ މަސައްކަތާ ބެހޭ ގޮތުން ނާސާގެ ބައެއް ސައިންސްވެރިންނާ އިންޓަވިއު ކުރި ދަ ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދެމުން ސައިންސްވެރިން ބުނީ "އަހަރެމެން މި ތިބީ މުހިންމު ވަގުތެއްގައި، އަދި ބައެއް ގޮތްގޮތުން ހީވަނީ ހުވަފެނީ ސިކުނޑިއެއްހެން. އެހެން ގޮތްގޮތުން ބަލާއިރު ހަނދުގައި އިންސާނުން އާބާދު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް." ނާސާގެ ޑިރެކްޓަރު އޮފް ޓެކްނޮލޮޖީ މެޗުރޭޝަން ނިކީ ވެރްކައިސާ ބުންޏެވެ.
ހަނދުގެ ޕްލޭނަށް ކިޔަނީ "ޕްރޮޖެކްޓް އޮލިމްޕަސް" އެވެ. އެއީ ބޮޑު އަމާޒެއް ނަމަވެސް، ޓައިމްސް އިން ވާހަކަ ދެއްކި ސައިންސްވެރިން ބުނިގޮތުގައި މިވަގުތު އެކަން އޮތީ ރަނގަޅު ޓުރެކްގައެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އޮސްޓިންގައި ހުންނަ އައިކޮން އިން ވަނީ ނާސާއާ އެކު ޕާޓްނަޝިޕް ހަދާފައެވެ. އެ ކުންފުނިން ހަނދުގައި ބަހައްޓާ ގެދޮރު އުފެއްދުމަށް 3ޑީ ޕްރިންޓަރެއް ބޭނުން ކުރާނެއެވެ. މި ކުންފުނިން ނާސާއާ ގުޅިގެން 2020 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނައިރު، 2022 ވަނަ އަހަރު ހަނދާއި މާސްގެ ވަސީލަތްތައް އިމާރާތް ކުރުމުގެ ތަކެތީގެ ގޮތުގައި ބޭނުންކުރާ ކޮންސްޓްރަކްޝަން ސިސްޓަމްތައް ހެދުމަށް 57 މިލިއަން ޑޮލަރު ވަނީ އިންވެސްޓް ކޮށްފައެވެ.
އެ ކުންފުނިން ރާވާފައި ވަނީ ހަނދުގެ ބިމުގައި ހުންނަ ހިލަ އަދި މައުދަން ކޮތަޅުތައް ބޭނުންކޮށްގެން ގެދޮރާއި އެހެނިހެން އިމާރާތްތައް އެކުލެވޭ ކޮންކްރީޓް ކަހަލަ މާއްދާއެއް އުފެއްދުމަށެވެ. ހަނދުގެ ތަކެތި ބޭނުންކުރުމުން، ތިއަރީގައި ބުނާ ގޮތުގައި، ޕްލެނެޓްގެ ބިމުގެ މަތީގައި ވިއްސައިގެންދާ ތޫނު، ވިހަ ދޮހަށް އެ ސްޓްރަކްޗާ ތަކުގެ ނާޒުކުކަން ކުޑަވެގެންދާނެ ކަމެކެވެ. ނަމަވެސް ފިޒިކްސްގެ ގޮންޖެހުންތައް މި މެޓީރިއަލްސްގެ އުފެއްދުމަށް އަދި އެބަހުއްޓެވެ. އައިކޮންގެ ޕްރިންޓަރު އަންނަ ފެބްރުއަރީ މަހު ނާސާގެ މާޝަލް ސްޕޭސް ފްލައިޓް ސެންޓަރުގައި ޓެސްޓްކޮށް، ޖައްވުގެ ވޭކިއުމް ހާލަތާއި ރޭޑިއޭޝަންގެ މިންވަރު ބެލެހެއްޓޭ ގޮތް ބަލާނެ އެވެ. ރަނގަޅަށް ކަންތައް ކުރިޔަސް ގޮސްފި ނަމަ އެތަނުގައި ލޭންޑިން ޕެޑެއް ހަދައިދެންދެން ހަނދަށް އެއްޗެހި ފޮނުވުމުގެ މަސައްކަތް ފަށާނެވެ. ގެތަކުގެ ބޭރުން، އަމިއްލައަށް، ނާސާއިން އަންނަނީ ޔުނިވަސިޓީތަކާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ގޭތެރޭގެ އެހެން ތަކެތި، ދޮރުން ފެށިގެން ޓައިލްސް އާއި ހަމައަށް ފަރުނީޗަރު ފަދަ ތަކެތީގެ މަސައްކަތް ވެސް ކުރަމުންނެވެ.
ނަމަވެސް މިއިން އެއްވެސް ކަމެއް ކުރުމުގެ ކުރިން ނާސާއަށް ޖެހެނީ ކާމިޔާބުކަމާއެކު އެސްޓްރޮނޯޓުން އަނބުރާ ހަނދަށް ފޮނުވާށެވެ. ރޭވިފައިވާ ގޮތަށް ދާނަމަ 2024 ވަނަ އަހަރު އާޓިމިސް 2 މިޝަން އިން ހަނދުގައި ޖައްވީ އުޅަނދުފަހަރު ޖައްސަން ފަށާނެވެ. 2025 ނުވަތަ 2026 ވަނަ އަހަރު އާޓިމިސް 3 މިޝަން ހަނދުގެ ދެކުނު ތަނޑިއަށް ޖެއްސުމަށްވެސް ވަނީ ރާވާފައެވެ.
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ
ޓެކްނޮލޮޖީ