ނާސާއިން 2040 ވަނަ އަހަރު ހަނދުގައި ގެދޮރު އިމާރާތްކުރަން ނިންމައިފިއެވެ.
ނާސާއިން ހަނދުގައި ގެދޮރު އެޅުމަށް ތައްޔާރުވާން ފަށާފައި މި ވަނީ އެ އެޖެންސީން ހަނދަށް އިންސާނުން ފޮނުވުމަށް ކުރިޔަށްގެންދާ ހާއްސަ މިޝަންގެ ދަށުންނެވެ.
ނާސާއިން ވަނީ 3ޑީ ޕްރިންޓު ކޮށްގެން ގެދޮރު އިމާރާތްކުރާ ބަޔަކާއެކު އެއްބަސްވުމަކަށް އައިސް މަސައްކަތްވެސް ފަށާފައެވެ. މި ޕްރޮޖެކްޓަށް ނާސާއިން ދީފައިވާ ނަމަކީ، "ޕްރޮޖެކްޓް އޮލިމްޕަސް" އެވެ. މި ޕްރޮޖެކްޓްގެ ދަށުން ހަނދުގައި ގެދޮރު އެޅުމަށް ހަމަޖެހިފައިވަނީ 3ޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަމަށް ނާސާއިން ބުނެއެވެ.
ނާސާއިން ވަނީ 3ޑީ ޕްރިންޓު ކުރާ މެޝިން އެ އެޖެންސީގެ ޓެސްޓު ލެބުތަކުގައި ޓެސްޓު ކުރަން ވެސް ފަށާފައެވެ. ހަނދުގައި ގެދޮރު އެޅުމުގެ ކުރިން ހަނދަށް އިންސާނުން ފޮނުވުމުގެ ޕްރޮގްރާމްގެ ދަށުން 2026 ވަނަ އަހަރު ނާސާގެ ހާއްސަ އުޅަނދެއް ހަނދަށް އިންސާނުންނާއެކު ތިރިކުރުމުގެ މަސައްކަތް ވެސް ނާސާއިން ވަނީ ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ