ސައުތުއީސްޓް އޭޝިޔާގެ ފުރަތަމަ ހައިސްޕީޑް ރޭލު އިންޑޮނީޝިއާގައި ލޯންޗުކޮށްފި އެވެ.

ޗައިނާގެ އެހީގައި އިންޑޮނީޝިއާގައި ކުރިޔަށް ގެންދާ މަލްޓި ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓުގައި އެ ގައުމުގައި ލޯންޗު ކުރި ހައި ސްޕީޑް ރޭލުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ވެރިރަށް ޖަކާޓާއިން ފެށިގެން އެގައުގެ އެހެން ބޮޑެތި ސިޓީތަކަށެވެ.

އޮފިޝަލުން ވަނީ ހައި ސްޕީޑް ރޭލުގެ ދަތުރުތައް ފެށުމާއެކު ދުރު ސިޓީތަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތުރުކުރެވޭނެ ކަމަށް ބުނެފައެވެ.

ގަޑިއަކު 138 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ"ވޫޝް" ނަމުން ނަންދީފައިވާ ރޭލުގެ ނިޒާމުގެ ދަށުން 600 މީހުނަށް އެއްފަހަރާ ވެރިރަށް ޖަކާޓާއިން ޖަވާން ސިޓީއަށް 45 މިނެޓުގެ ތެރޭގައި ދަތުރު ކުރެވޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.

މި ޕްރޮޖެކްޓަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިންފްރާސްޓްރަކްޗާ އިނިޝިއޭޓިވްގެ ދަށުން ފަންޑު ކޮށްފައިވާ ޕްރޮޖެކްޓެކެވެ. މިއީ 7.3 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް އޮފިޝަލުން ބުނެއެވެ.