އޮސްޓްރޭލިއާގައި ބޯޓެއްގެ މައްޗަށް ބޮޑުމަހެއް ފުންމާލައިފިއެވެ.
އޮސްޓްރޭލިއާގެ ސިޑްނީގެ ބޭރުގައި އިއްޔެ ހިނގި އެ ހާދިސާގައި ބޮޑުމަސް ވެއްޓުނު ބޯޓުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. އަދި އަނެކަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
އެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރުމަށް ފޮރެންސިކް އެކްސްޕާޓުންގެ އެހީގައި މަސައްކަތް ފަށާފައިވާއިރު، ބޯޓުން ދަތުރުކުރި ދެ މީހުން ތިބީ ލައިފްޖެކެޓް އަޅައިގެން ކަމެއް އަދި ފުލުހުން ހާމަކޮށްފައިނުވެއެވެ.
ހާދިސާ ހިނގާފައިވަނީ އޮސްޓްރޭލިއާގައި ނެޝަނަލް ސޭފް ބޯޓިން ވީކް ފާހަގަކުރަން ފެށި ފުރަތަމަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ