ދުނިޔެ

ބަރުދަނުގައި 180 ކިލޯ ހުރި މަޑިއެއް ފެނިއްޖެ

މުހައްމަދު އައުޒަމް

ބަރުދަނުގައި 180 ކިލޯ ހުރި މަޑިއެއް އެމެރިކާގައި ހިފައިފިއެވެ.

އެމެރިކާގެ ނިއު ޔޯކްގެ ލޯންގް އައިލެންޑް ސައުންޑްގައި ކުރިޔަށް ދިޔަ ސާވޭއެއްގައި ހަރަކާތްތެރިވި ޓީމަކަށް ފެނިގެން ހިފި މި މަޑީގެ ދިގުމިނުގައި 6 ފޫޓު އަދި ފުޅާ މިނުގައި 5 ފޫޓު ހުރިކަމަށް އެ ޓީމުން ބުނެފައިވެއެވެ.

ކަނެކްޓިކަޓް ފިޝް އެންޑް ވައިލްޑް ލައިފް ނަމަކަށް ކިޔާ ސާވޭ ޓީމުން ވަނީ މަޑި ފެނުމާއެކު އެ ހިފައި ދިރާސާ ކުރުމުގެ ބޭނުމަށް މިން ނަގައި ބަރުދަން ވެސް ބަލައިފައެވެ.

ކަނޑުގެ ދިރާސާތަކާބެހޭ އޮފިޝަލުން ވަނީ އެބާވަތުގެ ބޮޑު މަޑި ގިނައިން ފެންނަނީ އެޓްލާންޓިކް ކަނޑުން ކަމަށް ބުނެފައެވެ. ނަމަވެސް ލޯންގް އައިލެންޑުން މިބާވަތުގެ މަޑިއެއް ފެނުނު މިއީ ފުރަތަމަ ފަހަރު ކަމަށް އޮފިޝަލުން ބުނެއެވެ.

ދިރާސާ ކުރުމަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު އެ މަޑި ވަނީ ދޫކޮށްލައިފައެވެ.