20 ޓަނުގެ ހައިޑްރޯލިކް ކެރޭނެއް ދަމައިގެން ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފިއެވެ.
އޮސްޓްރޭލިއާގެ އުމުރުން 33 އަހަރުގެ ވަރުގަދަ ބޮޑީ ބިލްޑަރު ޖޯޑަން ސްޓެފެންސް ވަނީ 20 ޓަނުގެ ބަރު އެ ކެރޭނު، އޭނާގެ ހަށިގަނޑުގައި އައްސާފައި އޮތް ވަލެއް ބޭނުންކޮށްގެން 16.4 ފޫޓަށް ދަމާފައެވެ.
ޖޯޑަންގެ މަސައްކަތް ނިންމުމާއެކު ދުނިޔޭގެ ރެކޯޑު ފޮތުން ވަނީ ޖޯޑަން އަކީ ދުނިޔޭގައި މިހާތަނަށް އެންމެ ބަރު ވެހިކަލް ހަށިގަނޑުގެ މަތީބައިގެ އެހީގައި އެންމެ ދުރަށް ދެމި މީހާކަމަށް ކަނޑައަޅާފައެވެ.
ދުނިޔޭގެ ރެކޯޑު ފޮތުން ވަނީ ޖޯޑަން ރެކޯޑު ހެދި ވަގުތު އޭނާގެ ހަށިގަނޑުގެ ހަރަކާތްތައް ގާތުން ބަލައިފައެވެ.
މީގެ ކުރިން އެ ރެކޯޑު އޮންނަނީ އެމެރިކާ މީހެއް އަތުގައެވެ. އޭނާ ވަނި 10 ޓަނުގެ ބަހެއް 16.4 ފޫޓަށް ދަމާފައެވެ.