އިރާގުގައި ވެޑިން ޕާޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 100 މީހުން މަރުވެއްޖެއެވެ.
އިރާގުގެ އިރުދެކުނުން އޮންނަ ހަމްދާނިއްޔާ ޑިސްޓްރިކްޓްގައި ހިނގި އެހާދިސާގައި 150 މީހުންނަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކޮށްފައިވެއެވެ.
އިރާގުގެ ސިވިލް ޑިފެންސާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ ހާދިސާ ހިނގަން މެދުވެރިވީ ވެޑިން ޕާޓީގައި އެރުވި ހަވާ އާއި އުއްބައްތިތަކާއި އެހެނިހެން ސާމާނުތަކެއް ރޯވުމުގެ ސަބަބުން ކަމަށް ބުނެފައެވެ.
އޮފިޝަލުން ވަނީ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ބައެއް މީހުންގެ ހާލު ވަރަށް ގޯސް ކަމަށާއި މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބުނެފައެވެ.
ހާދިސާގައި ކައިވެނި ކުރި ދެމަފިރިން ސަލާމަތްވި ނަމަވެސް އާއިލާގެ ގިނަ މެމްބަރުންތަކެއް މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އިރާގުގެ ސިވިލް ޑިފެންސުން ބުނީ ހާދިސާ ހިނގި އިމާރާތް ހުރީ އަވަހަށް އަލިފާން ހިފާ ބާވަތެއްގެ ސާމާނުން އިމާރާތްކޮށްފައި ކަމަށެވެ. މިކަމުގެ ސަބަބުން އަލިފާންގަނޑު ހިނދުކޮޅެއްގެ ތެރޭގައި މުޅި އިމާރާތަށް ފެތުރިގެން ދިޔަ ކަމަށް ފާހަގަކޮށްފައިވެއެވެ.
އިރާގުގެ ބޮޑުވަޒީރު ޝީއާ އަލް ސުދާނީ ވަނީ ހާދިސާގައި ގެއްލުންވި ފަރާތްތަކުގެ މައުލޫމާތު އެއްކޮށް އެހީވެވޭނެ ހުރިހާ ގޮތްތަކެއް ބެލުމަށް އެގައުމުގެ ކެބިނެޓަށް އަންގައިފައެވެ.
މި ހާދިސާގެ ސަބަބުން އިރާގުގެ ސަރުކާރުން ވަނީ ތިން ދުވަސް ހިތާމަ ފާޅުކުރުމުގެ ދުވަހުގެ ގޮތުގައި ހަމަޖައްސައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ