އެކި ވައްތަރުގެ ދަތް އުނގުޅާބޭސް އެއްކޮށްގެން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
ޖިއޯޖިއާގެ ޑެންޓިސްޓް ޑރ ވަލް ކޮލްޕަކޯވް ވަނީ އޭނާ ގެންގުޅޭ ދަތް އުނގުޅާ ބޭހުގެ ކަލެކްޝަނަށް މިހާތަނަށް 2037 ވައްތަރެއްގެ ދަތް އުނގުޅާބޭސް ހަމަކޮށްފައެވެ.
ވަލް ކޮލްޕަކޯވް ވަނީ އޭނާގެ ކަލެކްޝަންގައި ދުނިޔޭގައި މިހާރު އެހެން ތަނަކުން ނުފެންނާނެ ބްރޭންޑް ތަކާއި ފްލޭވާސް ތަކުގެ ދަތް އުނގުޅާ ބޭސް ހުންނާނެ ކަމަށް ބުނެފައެވެ.
ވަލް ކޮލްޕަކޯވް ވަނީ ޖަޕާނާއި ޗައިނާގެ އިތުރުން އިންޑިއާ އަދި ރަޝިޔާއިން އުފައްދާފައިވާ ދަތް އުނގުޅާ ބޭސް އޭނާގެ ކަލެކްޝަނުގައި ރައްކާކޮށްފައެވެ.
އޭނާ ވަނީ 2001 ވަނަ އަހަރުން ފެށިގެން ދަތް އުނގުޅާބޭސް އެއްކުރުމުގެ މަސައްކަތް ފަށާފައެވެ. ވަލް ކޮލްޕަކޯވް ވަނީ އޭނާ ބޭނުންވީ ޑެންޓިސްޓަކަށް ވެ ހުރެ ހުރިހާ ބާވަތެއްގެ ދަތް އުނގުޅާ ބޭސް ހޯދުމުގެ މަސައްކަތް ކުރަން ކަމަށް ބުނެފައެވެ. ނަމަވެސް އޭގެ ބަދަލުގައި ވަލް ކޮލްޕަކޯވަށް ފެނުނީ ހުރިހާ ބާވަތެއް ހަމަ ކުރުމަށް ދަތް އުނގުޅާ ބޭހުގެ ބޮޑު ކަލެކްޝަނެއް ހެދުމަށެވެ. އެގޮތުން އެކި ގައުމުތަކުން އޭނާ ވަނީ ދަތް އުނގުޅާ ބޭސް ހޯދައިފައެވެ.
ދުނިޔޭގައި މިހާތަނަށް ދަތް އުނގުޅާ ބޭހުގެ އެންމެ ބޮޑު ކަލެކްޝަން ހުރި މީހާ ކަމަށް އެނގި ދުނިޔޭގެ ރެކޯޑް ފޮތުން ވަނީ އޭނާގެ ނަން ފާހަގަކޮށް އެފޮތުގައި ހިމަނާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ