ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ބުދަދުވަހުގެރޭ ޖާރމަނީގެ ޔުނިއަން ބާރލިންއާ ދެކޮޅަށް ސްޕޭނުގެ ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވެގެން ނިމެމުންދަނިކޮށް އިންގްލެންޑްގެ ތަރި ޖޫޑް ބެލިންހަމް ފަހު މިނިޓްތެރޭގައި ޖަހައިދިން ގޯލުން އެކެއް ސުމަކުން ރެއާލް މެޑްރިޑް މޮވެއްޖެއެވެ.
ރެއާލް މެޑްރިޑްގެ އަމިއްލަ ސްޓޭޑިއަމް ކަމަށްވާ މެޑްރިޑްގެ ސެންޓިއާގޯ ބޭނެބާގައި ކުޅުނު މިމެޗުގައި ރެއާލުން ވަނީ ފުލުފުލުގައި ނުރައްކާތެރި ހަމަލާތަކެއް އުފައްދައި ޔުނިއަން ބާރލިންގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. މުޅި މެޗުގައި ޖުމްލަ ބައްތިރީސް ޝޮޓް ފޮނުވައިލިއެވެ. އެކަމަކު އިންޖަރީ ޓައިމްގެ ހަތަރުވަނަ މިނިޓްގައި ބެލިންހަމް ފޮނުވައިލި ހަމަލަނޫން ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވައެއް ނުލެވުނެވެ. މުޅި މެޗުގައިވެސް ޔުނިއަން ބާލިންއަށް ރެއާލްގެ ގޯލަށް އެންމެ ބޯޅައެއްވެސް އަމާޒެއް ނުކުރެވެއެވެ. ޔުނިއަން ބާރލިންގެ ޑިފެންސްގައި އެންމެ މޮޅަށް ކުޅެފައިވަނީ އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީއެވެ.
މި ގްރޫޕްގައި އިޓަލީގެ ނާޕޮލީ ވަނީ ބުދަދުވަހުގެ ރޭ ޕޯޗުގަލްގެ ބްރާގާއާ ވާދަކޮށް ރަށުން ބޭރުގައި ދޭއް އެކަކުން މޮޅުވެ ގޯލްގެ ތަފާތުން މި ގްރޫޕްގެ އެއްވަނަ ހޯދައިފައެވެ.
ގްރޫޕް އޭގައި ބުދަދުވަހުގެ ރޭ ޑެންމާކުގެ ކޯޕަންހޭގަނާއި ތުރުކީގެ ގަލަޓަސަރާއީ ކުޅުނު މެޗު އިސްތަންބޫލުގައި ދޭއް ސުމަކުން ކޯޕަންހޭގަން ކޮޅަށް ނިމެމުން ދަނިކޮށް އެންމެފަހު ހަތަރު މިނިޓް ތެރޭގައި ގަލަޓަސަރާއީން ޖެހި ދެ ގޯލާއެކު މެޗު ނިމުނީ ދޭއްދޭކުން އެއްވަރުވެގެންނެވެ. ގަލަޓަސަރާއީގެ ގޯލްތައް ޖަހައިދިނީ ބްރެޒިލްގެ ޓެޓޭއާއި ފްރާންސްގެ ބޮއޭއެވެ.