އެކްސް ހިލޭ ބޭނުންކުރެވުން ނިމުމަކަށް ގެންނަން ތައްޔާރުވަމުންދާ ކަމަށް އެލަން މަސްކު ބުނެފިއެވެ.
އެލަން މަސްކު ވިދާޅުވީ އެކްސް ބޭނުން ކުރާ ހުރިހާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މަސްކު ވިދާޅުވީ އެކްސްގެ އެކައުންޓް ބޭނުންކުރާ ފަރާތްތަކުން މަހުފީއެއް ދައްކަން ފެށުމުން ފޭކު އެކައުންޓު ތަކާއި ބޮޓް އެކައުންޓުތައް މަދުވެގެން ދާނެ ކަމަށެވެ.
އެކްސް ބޭނުން ކުރާ ފަރާތްތަކުން ޗާޖު ކުރުމަށް ނިންމާވަރު އަދި ހާމަކޮށްފައި ނުވި ނަމަވެސް މިހާރުވެސް އެކްސްގެ ޕްރިމިއަމް ބޭނުންކުރާ ފަރާތްތަކުގެ އަތުން 11 ޑޮލަރު ނަގަމުން ދެއެވެ.
އެލަން މަސްކު ވިދާޅުވިގޮތުގައި އެކްސްގައި މިހާރު 550 މިލިއަން މީހުން ދުވާލަކު 200 މިލިއަން ޕޯސްޓު ކުރަމުންދެއެވެ.