ދުނިޔެ

ދުނިޔޭގެ އެންމެ ދުވަސްވީ ލަކުޑި ސްޓްރަކްޗާ ފެނިއްޖެ

މުހައްމަދު އައުޒަމް

ދުނިޔޭގެ އެންމެ ދުވަސްވީ ލަކުޑި ސްޓްރަކްޗާ ފެނިއްޖެއެވެ.

ޒެމްބިއާގެ އުތުރުން އޮންނަ ކަލަމްބޯ ފޯލްސް ގައި ފެނިފައިވާ ސްޓްރަކްޗާއަށް ބައި މިލިއަން އަހަރު ވެދާނެ ކަމަށް ބެލެވޭކަމަށް އާކިއޮލޮޖިސްޓުން ބުނެއެވެ.

ހަލާކު ނުވާގޮތަށް ރައްކާތެރިކޮށްފައިވާ އެ ސްޓްރަކްޗާއަށް 476،000 އަހަރުވާނެ ކަމަށް މިހާތަނަށް ހެދި ދިރާސާތަކުން ވަނީ ހޯދިފައެވެ. އާކިއޮލޮޖިސްޓުން ވަނީ އެ ސްޓްރަކްޗާ އަކީ ފެންމަތީގައި ދިރިއުޅުމަށް ހަދާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.

ލަކުޑި ސްޓްރަކްޗާގެ އިތުރުން އެ ސަރަހައްދުން ވަނީ ކުރީ ޒަމާނުގެ ގިނަ މައުދަން ތަކާއި ލަކުޑިތައް ހޯދައިފައިވާ ކަމަށް އާކިއޮލޮޖިސްޓުން ބުނެއެވެ.

ޒެމްބިއާގެ ކަލަމްބޯ ފޯލްސް ސަރަހައްދުން ކުރީ ޒަމާނުގެ ގިނަ އާސާރީ ސާމާނު އާކިއޮލޮޖިސްޓުން ވަނީ ހޯދައިފައެވެ. އާކިއޮލޮޖިސްޓުން ލަފާކުރާ ގޮތުން އެސަރަހައްދުގައި ހިނގާފައިވާ ހާދިސާތަކުގެ ސަބަބުން އާސާރުތައް ވަނީ ވަޅުލެވިފައެވެ.