ދުނިޔެ

ޖަޕާނުގެ ކޮންމެ 10 މީހަކުން އެކަކު 80 އަހަރުން މަތި: އޮފިޝަލް ޑޭޓާ

މުހައްމަދު އައުޒަމް

ޖަޕާނުގެ ކޮންމެ 10 މީހަކުން އެކަކު 80 އަހަރުން މަތިކަމަށް އެ ގައުމުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖަޕާނު ސަރުކާރުން އާދީއްތަ ދުވަހު ނެރެފައިވާ ތަފާސްހިސާބުތަކުން ވަނީ އެގައުމުގެ އާބާދީގެ 10 އިންސައްތަ މީހުންގެ އުމުރު 80 އިން މައްޗަށް އަރާފައިވާކަމަށް ހާމަވެފައެވެ.

ޖަޕާނުގެ 65 އަހަރުން މަތީގެ އާބާދީ މިދިޔަ އަހަރު ހުރީ 29 އިންސައްތައިގައެވެ. ނަމަވެސް މިއަހަރު ވަނީ 29.1 އިންސައްތައަށް މަތިވެފައިކަމަށް ޑޭޓާ ތަކުން ދައްކައެވެ. ޖަޕާނުގެ ސަރުކާރުން ވަނީ އެއީ މުޅި ދުނިޔެއިން ވެސް އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ މަތި ގައުމުކަމަށް ބުނެފައެވެ.

ޖަޕާނަށް އައިސްފައިވާ އިގްތިސާދީ އުނދަގޫތަކުގެ ސަބަބުން އެ ގައުމުގެ އާންމު ދިރިއުޅުމަށް އޭގެ އަސަރުކޮށް އާބާދީ އިތުރުވުން ވަނީ މަޑުޖެހިފައި ކަމަށް އޮފިޝަލުން ބުނެއެެވެ.

ޖަޕާނު ސަރުކާރުން ކޮންމެ އަހަރަކުވެސް އެ ގައުމުގެ ދުވަސްވީ މީހުންގެ އާބާދީއަށް ކުރާ ހަރަދު އިތުރުވެ އެ ގައުމުގެ ވަޒީފާތަކަށް ނިކުންނާނެ ޒުވާން އުމުރުގެ ކުދިން ނުލިބުމުގެ ސަބަބުން އާންމު އިޖުތިމާއީ ގިނަ މައްސަލަތަކެއް ކުރިމަތިލާން ވަނީ ޖެހިފައެވެ.