އުތުރުގެ ބައެއް ރަށްތަަކަށް ގިނަ އަދަދެއްގެ މަސް މަރުވެގެން ލައްގަން ފަށައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޅ އަތޮޅާއި ރ އަތޮޅާއި ނ އަތޮޅުގެ އިތުރުން ބ. އަތޮޅުގެ ބައެއް ރަށްރަށުގެ ގޮނޑުދޮށަށް ވަނީ ގިނަ އަދަދެއްގެ ފަރުގައި އުޅޭ ކުދި މަސް މަރުވެގެން ލައްގައިފައެވެ. އެގޮތުން ކަޅު ރޮނޑު ގިނަ އަދަދަކަށް ލައްގާފައިވެއެވެ.
މިކަމާ ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ މަސް މަރުވެގެން ލެއްގުމަކީ އާންމު ކަމެއް ކަމަށާއި އެކަން މެދުވެރިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަަބަބުންނާއި ބައެއް ކަހަލަގެ ވިހަ މާއްދާތަކުގެ ސަަބަބުން ކަމަށެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ރަށްރަށަށް މަސް މަރުވެގެން ލައްގާފައި އެބަހުއްޓެވެ.
ޚަބަރު
ޚަބަރު