ދުނިޔެ

ބްރެޒިލްގައި ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރި ފްލައިޓެއް ވެއްޓި އެންމެން މަރުވެއްޖެ

މުހައްމަދު އައުޒަމް

ބްރެޒިލްގައި ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރި ފްލައިޓެއް ވެއްޓި އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ. ފުލައިޓު ވެއްޓިފައި ވަނީ ބްރެޒިލްގެ ބާސެލޮސްއަށެވެ.

ބްރެޒިލްގެ ސިވިލް ޑިފެންސުން ވަނީ ފްލައިޓުން ދަތުރުކުރީ 12 ފަތުރުވެރިންނާއި ޕައިލެޓްގެ އިތުރުން ކޯޕައިލަޓް ކަމަށް ބުނެފައެވެ. ފްލައިޓު ދަތުރުކުރަމުން ދިޔައީ އެ ސިޓީގައި ފަތުރުވެރިންނަށް މަގުބޫލު މަސްވެރިކަން ކުރާ ހާއްސަ ސަރަހައްދަކަށް ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

ފްލައިޓު ވެއްޓިފައި ވަނީ މޫސުން ގޯސްވެގެން ކަމަށް ބެލެވޭކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ. ވެއްޓުނު ވަގުތު ބޯކޮށް ވާރޭވެހެމުން ދިޔަކަމަށް އޮޕިޝަލުން ބުނެއެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނޭ ފަތުރުވެރިންގެ މައުލޫމާތެއް ބްރެޒިލްގެ އޮފިޝަލުން އަދި ހާމަކޮށްފައެއް ނުވެއެވެ.