ދުނިޔެ

އެލް ޗާޕޯގެ ދަރިފުޅު މެކްސިކޯއިން އެމެރިކާއާ ހަވާލުކޮށްފި

މުހައްމަދު އައުޒަމް

މެކްސިކޯއިން އެލް ޗާޕޯގެ ދަރިފުޅު އެމެރިކާއާ ހަވާލުކޮށްފިއެވެ.

މެކްސިކޯގެ އޮފިޝަލުން ވަނީ އެލް ޗާޕޯގެ ދަރިފުޅު، އޮވިޑިއޯ ގުޒަމަން ލޮޕޭޒް މެކްސިކޯގެ ބެލުމުގެ ދަށުގައި ހައްޔަރުގައި ބެހެއްޓުމަށް ފަހު އެމެރިކާގެ ބަންދަށް ބަދަލުކޮށްފައިވާކަން ޔަގީންކޮށްދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވައިޓް ހައުސްގެ ހޯމްލޭންޑް ސެކިއުރިޓީ އެޑްވައިޒަރު ލިޒް ޝާވުޑް ވަނީ، މިކަމާ ގުޅިގެން ހާއްސަ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ލިޒްވަނީ އެމެރިކާ އާއި މެކްސިކޯގެ އަމަން ބަލަހައްޓާ ފަރާތްތަކުން ގުޅިގެން ކުރިޔަށް ގެންސިޔަ އޮޕަރޭޝަނެއްގައި އޮވިޑިއޯ އެމެރިކާގެ ހައްޔަރަށް ބަދަލުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެލް ޗާޕޯގެ ދަރިފުޅަކީ މަސްތުވާ ތަކެތި ޓްރެފިކް ކުރުމުގެ އިތުރުން މަނީ ލޯންޑަރިން އާއި ނުރައްކާތެރި ކުށްތަކަށް އަރައިގެންފައިވާ މީހެއްކަމަށް ވައިޓް ހައުސްގެ ބަޔާނުގައިވެއެވެ،

އެލް ޗާޕޯގެ ދަރިފުޅު، އޮވިޑިއޯ ހައްޔަރު ކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހު މެކްސިކޯގެ ކުލިއަކަން ގައި އެ ގައުމުގެ ސްޕެޝަލް ފޯސް އިން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައެވެ.

އެލް ޗާޕޯއަކީ މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އެންމެ ކުރީގައި ހުރި މީހާއެވެ. އޭނާ 2017 ވަނަ އަހަރުން ފެށިގެން ހުރީ އެމެރިކާގެ ޖަލެއްގައެވެ. މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެއޭނާ ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.