ދުނިޔެ

ދުނިޔޭގެ އެންމެ ކުޑަ ކެމެރާ، ވެލިފުކެއްހާ ކުޑަ

މުހައްމަދު އައުޒަމް

ވެލިފުކެއްހާ ކުޑަ ދުނިޔޭގެ އެންމެ ކުޑަ ކެމެރާ ދައްކާލައިފިއެވެ.

ސިއްހީ އެކި ކަންކަމަށް ހާއްސަކޮށްގެން އެމެރިކާގެ ކުންފުންޏަކުން އުފެއްދި އެ ކެމެރާއަކީ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންސާނިއްޔަތަށް އިންގިލާބެއް ގެނެސްދޭނެ ކެމެރާއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމެރިކާގެ އޮމްނިވިޝަން އިން އުފެއްދި ކުޑަ ކެމެރާ އާންމުކޮށް ގަންނަން ލިބޭނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެ ކެމެރާ ވަނީ އާންމުކޮށް ގަނެވޭ ދުނިޔޭގެ އެންމެ ކުޑަ އިމޭޖް ސެންސަރ އެކުލެވޭ ކެމެރާގެ މަގާމު ހޯދައި ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދައިފައެވެ.

އޮމްނި ވިޝަން އިން ވަނީ މީގެ ކުރިން ވެސް ސިއްހީ އެކި ކަންކަމަށް ހާއްސަކޮށްގެން ކުދި ކެމެރާ އުފައްދާފައެވެ. އެގޮތުން އިންސާނާގެ ހަށިގަނޑު ނުފަޅައި ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ބޭނުން ކުރެވޭނެ ގިނަ އާލާތްތަކެއް އެ ކުންފުނިން ވަނީ އުފައްދާފައެެވެ.