އިއްޔެ ހުކުރު ނަމާދަށް ދާން ގެއިން ނުކުތް ގޮތަށް ހަބަރެއް ނުވެގެން، ގެއްލިގެން އުޅޭ މީހަކު ފުލުހުން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ، ހއ. ދިއްދޫ / ގުލްފާމްގެ، އިސްމާއީލް މާހިރު (50އ)އެވެ.
ފުލުހުން މިއަދު ބުނީ އޭނާ މިހާރު ދިރިއުޅޭ އެޑްރެހަކީ (ސްޓެލްކޯ ޓަވަރު، ހުޅުމާލެ ފޭސް 2) ކަމަށާއި އާއިލާއަށް ހަބަރެއް ނުވެގެން އޭނާ ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 1:08 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.
އިއްޔެ ހުކުރަށްދާން ގެއިން ނުކުތް ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށާއި އޭރު އޭނާ ލައިގެން ހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިސްމާއިލް މާހިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު