ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއް 8 މިނެޓު ތެރޭ 28،000 ފޫޓަށް ތިރިކޮށްފިއެވެ.
އެމެރިކާގެ ނިއުޖާޒީ އިން ރޯމް އަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓު ކުއްލިގޮތަކަށް ތިރިކުރަން މަޖުބޫރު ވީ އެފްލައިޓު ޕްރެޝަރައިޒް ކުރާ ސިސްޓަމް މައްސަލަޖެހިގެން ކަމަށް އެ އެއާލައިނުން ނެރުނު ބަޔާނުގައި ވެއެވެ.
ފްލައިޓު ޓްރެކް ކުރާ ވެބްސައިތަކުން ވަނީ ޔުނައިޓެޑް އެއާލައިންސްގެ އެފްލައިޓު 37،000 ފޫޓު މަތީގައި ދުއްވަނިކޮށް މައްސަލަ ޖެހުމާއެކު އަށް މިނިޓު ތެރޭ 9،000 ފޫޓަށް ތިރިކޮށްފައިވާކަމަށް ދައްކާފައެވެ.
އެއާލައިނުން ޖެރުނު ބަޔާނުގައި ވާ ގޮތުން ފްލައިޓު ވަނީ އިމަޖެންސީކޮށް ނިއުވާކް އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ.
270 ފަސިންޖަރުންނާއި 14 ކުރޫ ދަތުރުކުރި އެ ފްލައިޓު ރައްކާތެރިކަމާއެކު ރަންވޭގައި ޖެއްސިއިރު ފްލައިޓުގެ ޕްރެޝަރުގެ މައްސަލަ ފަހަކުން ފާހަގައެއް ނުވެއެވެ.
ފުލައިޓުން ދަތުރުކުރި ފަސެންޖަރުން އެހެން ފުލައިޓު ތަކުގައި އެ މީހުންގެ މަންޒިލްތަކަށް ވަނީ ފޮނުވައިލައިފައެވެ.