ތުރުކީގެ ހޮހޮޅައެއްގައި ތާށިވެފައި ހުރި މީހާ ސަލާމަތްކޮށްފިއެވެ.

ތުރުކީގައި ހުންނަ ހޮހޮޅަތަކުގެ ތެރެއިން ތިންވަނައަށް އެންމެ ފުން ހޮހޮޅައިގައި އުމުރުން 40 އަހަރުގެ މާކް ޑީކޭ ނަމަކަށް ކިޔާ އެމީހާ ތާށިވެފައިވަނީ ހޮހޮޅައިގައި ހެދުމަށް ހަމަޖެހިފައިވާ އާ މަގެއް ކުރެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް އޭނާއަށް ސިއްހީ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ސަަބަބުންނެވެ.

މާކް ސަލާމަތް ކުރެވުނީ ނުވަ ދުވަހުގެ މަސައްކަތުންނެވެ. އޭނާ އަށް މި ވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

ސްޓްރެޗަރު މެދުވެރިކޮށްގެން މާކް ހޮހޮޅައިން ނެރެން ތުރުކީގެ ރެސްކިއުޓީމުތަކުން ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މާކް ތާށިވެފައިވަނީ ހޮހޮޅައިގެ 1120 މީޓަރު އަޑީގައި ކަމަށް އޮފިޝަލުން ބުނެއެވެ.

މާކްއަށް އަވަސް ފަރުވާ ދިނުމަށް ހަ ޔުނިޓުގެ ލޭ ފޯރުކޮށްދީފައިވާ އިރު، އޭނާގެ ހާލު ރަނގަޅު ކަމަށް އޮފިޝަލުން ބުނެއެވެ. މާކް ސަލާމަތް ކުރުމުގެ ބޮޑު އޮޕަރޭޝަން ގައި ތުރުކީގެ ސިފައިންގެ ހާއްސަ ޓީމަކުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.