ރަޝިޔާގެ ފްލައިޓަކަށް ކުއްލި ހާލަތެއް ދިމާވެ ޒުވާރި ދަނޑަކަށް ޖައްސައިފިއެވެ.
ރަޝިޔާގެ ޔޫރަލް އެއާލައިންސްގެ ފްލައިޓެއް އެއިން ދަތުރުކުރި 170 މީހުންނާއެކު ޒުވާރި ދަނޑަށް ޖައްސަން ޖެހުނީ އެ ފްލައިޓުގެ ހައިޑްރޯލިކް ފެއިލްވުމުގެ ސަބަބުން ކަމަށް އޮފިޝަލުން ބުނެއެވެ.
ސައިބީރިއާގެ ނޮވޮސިބްރިސްކް ކައިރީގައި އޮންނަ ޒުވާރި ދަނޑަށް ޖެއްސި ނަމަވެސް އެ ފުލައިޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އޮފިޝަލުން ބުނެއެވެ. ފްލައިޓު ޖެއްސުމާއެކު ހުރިހާ ފަސިންޖަރުން ވަނީ ފްލައިޓުން ބާލާފައެވެ.
ރަޝިޔާގެ އޭވިއޭޝަން އެޖެންސީ ''ރޮސާއޭވިޓްސިއާ'' އިން ވަނީ ފްލައިޓު ޖައްސާފައިވަނީ ކުއްލި ގޮތަކަށް ކަމަށް ބުނެފައެވެ. އަދި އެ ހާދިސާގެ ތަހުގީގު ފަށާފައިވާކަމަށް ވެސް ވަނީ ބުނެފައެވެ.
ރޮސާއޭވިޓްސިއާ އިން ބުނީ ފުލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގު ނިމެންދެން ހުރިހާ ފަޅުވެރީން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.
ޔޫރަލް އެއާލައިންސުން ވަނީ ފްލައިޓުގެ ހައިޑްރޯލިކް ސިސްޓަމް ފެއިލް ވުމުން އެންމެ ރައްކާތެރި ގޮތަކީ އެންމެ ކައިރި ހުސް ސަރަހައްދަކަށް ޖެއްސުން ކަމަށް ޕައިލެޓަށް ފެނުމުން ޒުވާރި ދަނޑަށް ޖެއްސީ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ