ޗައިނާގެ ދެކުނު ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ސަރަހައްދަށް 70 ކިނބޫ ދޫވެއްޖެއެވެ.
ޗައިނާގެ އެންމެ ދެކުނުން އޮންނަ ގުއަންޑޮންގް ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު އެ ޕްރޮވިންސަށް ވަނީ އިތުރު ނުރައްކަލެއް ކުރިމަތިވެފައެވެ.
ކަމާބެހޭ އިދާރާތަކުން ވަނީ 70 ކިނބޫ ދޫވުމާއެކު ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ކިނބޫތައް ދޫވެފައިވަނީ ފާމެއްގައި ގެންގުޅެނިކޮށް ފެންބޮޑުވެ ކިނބޫ ފެންގަނޑު ބަންޑުން ވެގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ކިނބޫތައް ދޫވުމާއެކު ކަމާބެހޭ އިދާރާތަކުން ވަނީ އެސައްރަހައްދުގެ އާންމުންނަށް ނުރައްކަލުގެ ހަބަރު ދީފައި ކަމަށް އޮފިޝަލުން ބުނެއެވެ.
އިމަޖެންސީ ޓީމުތައް ވަނީ ހާއްސަ އާލާތްތަކާއެކު އެ ކިނބޫތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް ފެން ބޮޑުވެފައިވާ ފުންމިނުގެ ސަބަބުން އެކަމަށް ވަނީ ހުރަސް އެޅިފަކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ