ނ. ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ ކެނދިކުޅުދޫ ބަނދަރާއި ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިމަހުގެ ހަތް ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 28,393 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި 30,480 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 12,968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 12,038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ބޭސިން ފުންކުރުމާއި 14,220 ކިއުބިކް މީޓަރުގެ ދޯނި
އެހެލާ ސަރަހައްދުގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ،
މީގެ އިތުރުން 249 މީޓަރުގެ އެއްގަމުތޮށި ލުމާއި 368 މީޓަރުގެ ބޭރުތޮށި ލުމާއި 130 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 246 މީޓަރުގެ ގްރޮއިން ޖެހުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި 1990 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި މޫރިން ބޮއެ ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
ކެނދިކުޅުދޫ ބަނދަރު ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 73.16 މިލިއަން ރުފިޔާއަށް 250 ދުވަހުން ނިންމުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު