އެސްޓްރޮއިޑެއްގެ ސާމްޕަލަކާއެކު ނާސާއިން ފުރަތަމަ ފަހަރަށް ދުނިޔެއަށް އުޅަނދެއް ތިރިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނާސާ އިން ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރު ނާސާއިން ހާއްސަ އުޅަނދެއް ''ބެންނު'' ނަމަކަށް ކިޔާ އެސްޓްރޮއިޑަކަށް ތިރިކޮށް ނަގާފައިވާ ސާމްޕަލްތައް ދުނިޔެއަށް ގެނައުމަށް ދަތުރުކުރާތާ މިހާރު ދެ އަހަރާއި ބައި ވެއްޖެއެވެ.
ނާސާއިން ބުނީ ދުނިޔެއަށް އުޅަނދު ތިރިކުރުމަށް ގެނައި ނަމަވެސް، އެ އުޅަނދު އަމިއްލަ ޒާތުގައި ވެއްޓޭނެ ކަމަށެވެ. ނާސާގެ ހާއްސަ ޓީމަކުން ވަނީ އެސްޓްރޮއިޑް ބެންނު އިން ގެންނަ ސާމްޕަލް ވެއްޓޭ ވަގުތު ނެގުމަށް ރިހާސަލް ވެސް ކުރަން ފަށައިފައެވެ.
ފެންބޯ ކުޑަ ތައްޓެއްގެ ސައިޒުގެ ސާމްޕަލް މިމަހުގެ 24 ވަނަ ދުވަހު ދުނިޔެއަށް ތިރިވާނެ ކަމަށް ނާސާއިން ބުނެއެވެ.
ނާސާއިން ބުނީ ސާމްޕަލް ތިރިވާނީ އެމެރިކާގެ އުތުރުން އޮންނަ އޫޓާ ކިޔާ ހަނަފަސް ސަރަހައްދަކަށް ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ