ދުނިޔޭގެ އެންމެ އަގުބޮޑު ކޮއިން ދައްކާލަައިފިއެވެ.

އިނގިރޭސިވިލާތުގެ އަވަހާރަވެފައިވާ ކުއީން އެލިޒަބަތު ދެވަނައިގެ ހަނދާނުގައި އުފެއްދި އެ ކޮއިންގައި ހަތަރު ކިލޯގެ ރަން އެކުލެވޭ ކަމަށް އެ އުފެއްދި ކުންފުނި ދަ އީސްޓް އިންޑިއާ ކޮމްޕެނީ އިން ބުނެފައިވެއެވެ.

ކޮއިން އުފެއްދި ކުންފުނިން ވަނީ ހަތަރު ކިލޯ ރަނުގެ އިތުރުން 6،426 ޑައިމަންޑުވެސް ބޭނުންކޮށްފައިވާ ކަމަށް ބުނެފައެވެ.

ޖުމުލަ 23 މިލިއަށް ޑޮލަރުގެ އަގުހުރި އެ ކޮއިންއަށް ދީފައިވާ ނަމަކީ ދަ ކްރައުންއެވެ.

ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ލިބޭނެ ކަމަށް ބެލެވިފައިވާ އެ ކޮއިން އުފެއްދުމުގައި ބޭނުންކުރަން ޖެހުނު ސާމާނު ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވި ކަމަށް އެ ކުންފުނިން ބުނެއެވެ.

ދުނިޔޭގެ ރެކޯޑު ފޮތުގައި މިހާރު އެންމެ އަގުބޮޑު ކޮއިންގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޑަބަލް އީގަލް ނަމުން ނަން ދީފައިވާ ކޮއިން އެކެވެ. އެ ކޮއިން ވަނީ 15.17 މިލިއަން ޔޫރޯއަށް ވިއްކާލާފައެވެ.