ވ. ފުލިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
ޖުމުލަ 63.46 މިލިއަން ރުފިޔާއަށް 465 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ އީއައިއޭ ހެދުމަށްފަހުއެވެ.
މި މަޝްރޫއުގެ ދަށުން 41,413 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 7812 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 30,708 ކިއުބިކް މީޓަރުގެ ވެލި ބިން ހިއްކުމަށްޓަކައި ބޭނުންކުރުމާއި 439 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 174 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
އޭގެ އިތުރުން 77 މީޓަރުގެ ބޭރުތޮށި ލުމާއި 25 މީޓަރުގެ ގްރޮއިން ޖެހުމާއި 300 މީޓަރުގެ އެއްގަމުތޮށި ލުމާއި 40 މީޓަރު ދިގު 6 މީޓަރު ފުޅާ އާރުސީ ބްރިޖެއް ހެދުމާއި 1450 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު