ބްރެޒިލްއަށް އެރި ތޫފާނެއްގައި 31 މީހުން މަރުވެއްޖެއެވެ.
ބްރެޒިލްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމަށް މިދިޔަ ހޯމަ ދުވަހު އެރި ތޫފާނުގައި ގިނަ މީހުން މަރުވީ ކަރަންޓުގައި ޖެހިގެންނެވެ.
ބްރެޒިލްއަށް މިދިޔަ ހޯމަ ދުވަހު އެރި ތޫފާނުގައި އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު 1،600 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އެ ތޫފާނުގެ ސަބަބުން ބްރެޒިލްގެ 60 ސިޓީއަކަށް ބޮޑެތި ގެއްލުން ލިބިފައިވެއެވެ. އަދި ތޫފާނުގެ ބާރު ދަށްވުމާއެކު މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް ފަށާފައިވާއިރު ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން އެކަމަށް ހުރަސް އެޅިފައިވާ ކަމަށް ބުނެފައިވެއެވެ.