ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާއާ ދިމާލަށް ބޮމެއް އެއްލި މީހާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޖަޕާނުގެ ހުޅަނގުގައި އޮންނަ އަވަށެއްގައި ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން ފުމިއޯ ކިޝީޑާއާ ދިމާލަށް ބޮމެއް އެއްލީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައެވެ. އެ ހާދިސާގައި ބޮޑުވަޒީރަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ނަމަވެސް ހާދިސާ ހިނގި ސަރަހައްދުން ބޮން އެއްލި އުމުރުން 24 އަހަރުގެ ރިޔޫޖީ ކިމޫރާ ހައްޔަރުކުރިއެވެ. އޭނާގެ މައްޗަށް ޖަޕާނުގެ ކޯޓުން ވަނީ މީހަކު މަރާލަން މަސައްކަތް ކުރިކަމުގެ ކުށަށް ދައުވާ އުފުލައިފައެވެ.
ރިޔޫޖީގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި ފުލުހުން އޭނާ ދިރިއުޅޭ އެޕާޓްމަންޓުން ވަނީ ޕައިޕް ބޮން އުފެއްދުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ބަޑިބޭސްވެސް ހޯދައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ