އެމެރިކާއިން ރާއްޖެއަށް ކަނޑައެޅި ފުރަތަމަ ސަފީރު، ހޫގޯ ޔޫ-ހޯ ޔޮން، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި އެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސްއާއި އެމެރިކާގެ ސަފީރު ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އެގޮތުން އެމެރިކާ ސަފީރުގެ ވާހަކައިގައި، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި މޫސުމީ ބަދަލުތަކާއި ގުޅިގެން ކުރިމަތިލާންޖެހޭ ކަންކަމުން އަރައިގަތުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ތައުރީފު ކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ގާއިމުކޮށް، ސަފީރަކު އައްޔަނކުރުމަކީ ރާއްޖެއާ އެމެރިކާގެ ގުޅުން ކުރިއަށް އޮތްތަނުގައި ބަދަހިވާނޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.
އަދި އެމެރިކާގެ ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީ އަލުން ހުޅުވިގެން ދިއުމަކީވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ލިބުނު ކުރިއެރުމެއް ކަމަށާއި އެކަމުގެ ސަބަބުން، ވިޔަފާރިއާ އިގްތިސާދީ ދާއިރާއާ އެހެނިހެން ދާއިރާތަކުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.
ރާއްޖެއިން އެމެރިކާ އާއެކު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު