ޗައިނާގެ ސްކޫލެއްގައި ނިދާ ކުދިންނަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ.
ޗައިނާގެ ޖިއެޝެން ޕްރައިމަަރީ ސްކޫލުން ވަނީ އެ ސްކޫލުގައި މެންދުރުފަހު ނިދާ ކުދިން ނިދުމުގައި ޑެސްކު ނުވަތަ މެޓު ނުވަތަ އެނދު ހިޔާރުކުރުމަށް އަގުތަކެއް ކަނޑައަޅައިފައެވެ.
އެ ސުކޫލުން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން ޑެސްކުގައި ނިދާ ކުދިންގެ އަތުން ކޮންމެ ޓާމަކަށް 200 ޔުއާން ނަގަން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ކުލާސްތެރޭގައި މެޓު އަޅައިގެން ނިދާ ކުދިންގެ އަތުން ކޮންމެ ޓާމަކަށް 360 ޔުއާން ނެގުމަށް ވަނީ ނިންމައިފައެވެ.
އެންމެ މަތީ ކެޓަގަރީގައި ނިދާ ކުދިންނަށް ހާއްސަކޮށްގެން ޕްރައިވެޓް ރޫމް ހަދާފައި ހުރެއެވެ. އެ ރޫމުގައި އެނދު ހުންނާނެ ކަމަށް ސުކޫލުގެ އޮފިޝަލުން ބުނެއެވެ. ޕްރައިވެޓް ރޫމު ނަގާނަމަ ކޮންމެ ޓާމަކަށް 680 ޔުއާން ޗާޖު ކުރާނެއެވެ.
ޖިއެޝެން ޕްރައިމަަރީ ސްކޫލާ ހަވާލާދީ އެގައުމުގެ މީޑިއާއިން ވަނީ މިއީ މަޖުބޫރު ކަމެއް ނޫން ކަމަށާއި ލަންޗް ބްރޭކް ގަޑީގައި ގެއަށް ދާން ބޭނުންވާ ކުދިންނަށް އެގޮތް ބޭނުންކުރެވިދާނެ ކަމަށް ފާހަގަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ