އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ޗައިނާގެ ބޮޑުފާރަށް ގެއްލުން ދިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ޗައިނާގެ އުތުރު ޝަންޒީ ޕްރޮވިންސްގައި އެ ގައުމުގެ ފަތުރުވެރިކަމުގައި މަގުބޫލު ބޮޑުފާރަށް ގެއްލުންދީ އެފާރު ކައިރިން ކޮނެފައިވާތީ އެކަމުގެ ސަބަބުން ބޮޑުފާރަށް ގެއްލުން ވެފައިވާކަމަށް ދައުލަތުގެ މީޑިއާގެ ސީސީޓީވީއިން ވަނީ ރިޕޯޓު ކޮށްފައެވެ.
ޗައިނާގެ އޮފިޝަލުން ވަނީ ދެ މީހަކު ވެގެން އެސަރަހައްދު އެކްސްކަވޭޓަރެއް ބޭނުންކޮށްގެން ކޮންނަމުން ދާކަމަށް ފާހަގަވެ މިދިޔަ މަހުގެ ފަހުކޮޅު ބަޔަކު ރިޕޯޓު ކޮށްފައިވާކަމަށް ބުނެފައެވެ.
ފުލުހުން ހިންގި ތަހުގީގުން ވަނީ އެކަމުގައި ހަރަކާތްތެރިވި އުމުރުން 38 އަހަރުގެ ފިރިހެންކާއި 55 އަހަރުގެ އަންހެނަކު ހޯދައި ހައްޔަރު ކޮށްފައެވެ. އެ ދެމީހުން ވަނީ އެ އަމަލު ހިންގި ކަމަށް އެއްބަސް ވެސް ވެފައެވެ. ފުލުހުން ވަނީ ތަހުގީގު އަދިވެސް ކުރިޔަށް ދާކަމަށް ބުނެފައެވެ.
ޗައިނާގެ ބޮޑުފާރަކީ އެ ގައުމުން ހިމާޔަތްކޮށްފައި އޮންނަ ހިސާބެކެވެ. އެ ސަރަހައްދު ވަނި ޔުނެސްކޯގެ ހެރިޓޭޗް ސައިޓު ތަކުގެ ލިސްޓުގައި 1987 ވަނަ އަހަރު ހިމަނާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ