ރާއްޖޭގެ ޓްރާންސްޕޯޓް ލިންކް (ޢާރުޓީއެލް)ގެ ބަހުގެ ހިދުމަތް ހއ. ދިއްދޫގަ އެމްޓީސީސީިއިން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ، ދިއްދޫގައި ބަހުގެ ހިދުމަތް ދިނުމަށް ބޭނުން ކުރާނީ 32 މީހުންގެ ޖާގައިގެ ދެ ބަސް ކަމަށެވެ. އެ ބަސްތަކުގައި 22 މީހުންނަށް އިށީންދެ ތިބެވޭއިރު، 10 މީހުންނަށް ކޮޅަށް ތިބެވޭނެ ގޮތަށް އަތުން ހިފަހައްޓާނެ ހޭންޑަލް ހުންނާނެއެވެ.
އެމްޓީސީސީން ބުނީ ދިއްދޫގައި ބަހުގެ ހިދުމަތް ފުރަތަމަ ހަފުތާގައި ދޭނީ ހިލޭ ކަމަށެވެ. އެ މުއްދަތު ހަމަވުމުން އާރްޓީއެލް އެޕް މެދުވެރިކޮށް ބަހުގެ ޓިކެޓް ގަނެވޭނެއެވެ. ދިއްދޫ ބަހުގެ ހިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މައުލޫމާތުވެސް މެޕުން ބަލާލެވޭނެއެވެ.
ފުރަތަމަ ހަފުތާއަށް ފަހުގައި ވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި ސްކޫލް ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން، 65 އަހަރުން މަތީގެ މީހުންނަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެއެވެ.
އެމްޓީސީސީން މިހާރު އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަނީ މާލެ ސިޓީގެ އިތުރުން ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ލ. އަތޮޅުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު