އިންޑިއާގެ ''ޖެޓް އެއާވޭސް''ގެ ފައުންޑަރު ހައްޔަރުކޮށްފިއެވެ.
''ޖެޓް އެއާވޭސް''ގެ ފައުންޑަރު އަދި އެގައުމުގެ މަޝްހޫރު ވިޔަފާރިވެރިޔާ ނަރޭޝް ގޯޔާ ހައްޔަރުކޮށްފައިވަނީ ބެންކަށް އޮޅުވައިލުމުގެ ކުށުގައެވެ. ނަރޭޝް ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ މުމްބާއީގައި މިދިޔަ ހޮނިހިރު ދުވަހު ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓޮރޭޓުންނާއި ތަހުގީގު ޓީމުތައް ގުޅިގެން މި މައްސަލައިގައި ބޮޑު ތަހުގީގެއް ފަށާފައިވާއިރު ނަރޭޝް 65 މިލިއަން ޑޮލަރު ލޯންޑަރިން ކުރި ކަމަށް ތަހުގީގުން މިހާތަނަށް ހޯދިފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
74 އަހަރުގެ ނަރޭޝްގެ ތަހުގީގު ނިމުމަކަށް ގޮސްފައިވާއިރު އޭނާގެ މައްސަަލަ ކޯޓަށް ހުށަހަޅައި ދައުވާ އުފުލުމުގެ މަސައްކަތް ޕްރޮސިކިއުޓަރުން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގެ ބެންގަލޫރުގައި ހުންނަ ކަނާރާ ބޭންކުން ނަރޭޝް އާއި އޭނާގެ އަންހެނުން ނެގި ބޮޑު ލޯނެއް ނުދެއްކުމުގެ ސަބަބުން ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވެ އެވެ.
ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ޖެޓް އެއާވޭސް އޮޕަރޭޓް ކުރުމަށް އެކި ފަރާތްތަކުން 102.6 މިލިއަން ޑޮލަރު ނަރޭޝް ވަނީ ލޯންގެ ގޮތުގައި ހޯދައިފައެވެ. ނަމަވެސް އަދިވެސް 65 މިލިއަން ނުދައްކާ އޮތްކަމަށް ވަނީ ހާމަވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ