ގޮތް ނޭނގޭ އެއްޗެއް ފެނި ލޮސް އެންޖެލެސް އިންޓަނޭޝަނަލް އެއާޕޯޓުގެ ބޮޑު ބައެއް ހުސްކޮށްފިއެވެ.
އެމެރިކާގެ ލޮސް އެންޖެލެސް އިންޓަނޭޝަނަލް އެއާޕޯޓުގެ ޓިކެޓިން އޭރިއާއިން ފެނުނު ގޮތް ނޭނގޭ އެއްޗެއްގެ ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބެލެވުމާއެކު އެ ސަރަހައްދު އެއްކޮށް ބަންދުކޮށް އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ހޮނިހިރު ދުވަހު، އެ ހާދިސާ ހިނގުމާއެކު ބޮން ސްކޯޑުން ވަނީ ފެނުނު އެތީގެ ތަހުގީގުކޮށް ނުރައްކަލުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަތަރު ގަޑިއިރުގެ ހާއްސަ އޮޕަރޭޝަނަކަށް ފަހު އެ އެތިން ނުރައްކަލެއް ނެތް ކަމަށް ބޮން ސްކޯޑުން ވަނީ ނިންމައިފައެވެ. ނަމަވެސް އެއީ ކޮން އެއްޗެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންނާއި ބޮން ސްކޯޑް ގުޅިގެން ވަނީ އެއާޕޯޓު ބަންދު ކުރި ސަރަހައްދު ބަލައި އިތުރު ނުރައްކަލެއް ނެތް ކަމަށް ޔަގީންކޮށް އަލުން ހުޅުވައިލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ