އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ތ. ގުރައިދޫގައި އެއާޕޯޓެއް އަޅައިދީ، އެ އަތޮޅު ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅާލާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ. ގުރައިދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުން މާޔޫސް ކޮށްލާފައިވާ ކަމަށާއި ތަރައްގީ ގެނެވޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށެވެ.
އޭނާގެ ވެރިކަމެއްގައި ގުރައިދުއަށް ކޮށްދޭނެ ކަންކަން ވައުދުވަމުން މުއިއްޒު ވިދާޅުވީ، ގުރައިދޫގައި ހޮސްޕިޓަލެއް އަޅައިދީ، އެ ރަށުގައި އެއާޕޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ. އަދި ރަށުގެ މަގުތަކުގައި ތާރު އަޅައިދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި އެއް ފަޅެއްގައި އޮންނަ މަޑިފުއްޓާއި ދިޔަމިގިލި ކޯޒްވޭއަކުން ގުޅާލާނެ ކަމަށެެވެ. އަދި ގުރައިދޫ ކައިރީގައި އޮތް ގާދިއްފުށީގައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު