ގައުމީ އެއާލައިން، މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ އިތުރު ދެ މަތިންދާ ބޯޓު ގަނެފިއެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް، އަހުމަދު މުޝްއިލް ސޮބާހު "ވަން" އަށް މިއަދު ވިދާޅުވީ، އެ ކުންފުންޏަށް 45 ފަސިންޖަރުންގެ ޖާގައިގެ އޭޓީއާރް 600-42 މަރުކާގެ މުޅިން އާ ދެ ބޯޓު ގަތުމުގެ އެއްބަސްވުމުގައި ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު ސޮއިކޮށްފައިވާ ކަމަށެވެ.
ގަން ދެ ބޯޓުގެ ތެރެއިން އެއް ބޯޓު އަންނަ ޑިސެމްބަރު މަހު ރާއްޖެ ގެންނާނެ ކަމަށާއި ދެވަނަ ބޯޓު ގެންނާނީ 2025 ވަނަ އަހަރު ކަމަށްވެސް މުޝިލް ވިދާޅުވިއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ގެންގުޅޭ ޑޭޝް-8ގެ މަތިންދާ ބޯޓުތައް ބާވެ، އެ މަރުކާގެ ބޯޓުތައް އުފެއްދުން ހުއްޓާލާފައިވާތީ މޯލްޑިވިއަނުން ވަނީ އެ އެއާލައިންގެ މަތިންދާބޯޓުތައް އޭޓީއާރު މަރުކާގެ ބޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފައެވެ.
އެގޮތުން މޯލްޑިވިއަނުން ވަނީ އޭޓީއާރު މަރުކާގެ ތިން ބޯޓެއް ގެނެސް، އެ ބޯޓުތައް ބޭނުންކުރަން ފަށައިފައެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އަށް އޭޓީއާރު މަރުކާގެ ތިން ބޯޓު ގަންނަން ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު ސޮއިކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އެ އެއްބަސްވުމުގެ ދަށުން މި އަހަރުގެ ޖެނުއަރީ މަހު ދެ ބޯޓު ރާއްޖެ ގެނެސްފައިވެއެވެ. އެއީ އޭޓީއާރު 600-72 ގެ މުޅިން އާ ދެ ބޯޓެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ވަނީ އޭޓީއާރު 400-72ގެ މުޅިން އާ ބޯޓެއް ގެނެސްފައެވެ.
އޭޓީއާރު އެއާކްރާފްޓަކީ މިހާރު މޯލްޑިވިއަނުން ބޭނުންކުރާ ޑޭޝް8 މަރުކާގެ އެއާކްރާފްޓުތަކާ އަޅައިބަލާއިރު އޮޕަރޭޓު ކުރުމުގެ ހަރަދު އެތައް ގުނައަކަށް ކުޑަ މަތިންދާ ބޯޓެކެވެ. އަދި އޭޓީއާރް މަތިންދާބޯޓުތަކުގެ ތެލުގެ ހަރަދު ކުޑަވުމާއި މެއިންޓެނަންސަށް ކުރަންޖެހޭހޭ ހަރަދުވެސް ކުޑައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި