އިންޑިއާގެ ނޭވީ ބޯޓެއް ލަންކާގެ ޕޯޓުގައި ބަނދަރުކޮށްފިއެވެ.

އިންޑިއާގެ ނޭވީ ބޯޓު "އައި އެން އެސް ދިއްލީ" ލަންކާގެ ވެރިރަށް ކޮލަންބޯގެ ޕޯޓަށް ބަނދަރު ކޮށްފައިވަނީ ހުކުރު ދުވަހުއެވެ.

163.2 މީޓަރު ދިގު އެބޯޓުގައި 450 ސިފައިން ދަތުރު ކުރާކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ މަނަވަރަށް މަރުހަބާ ކިޔުމަށް ލަންކާގެ ނޭވީ އޮފިޝަލުން ވަނީ އެ ބޯޓަށް ޒިޔާރަތްކޮށްފައެވެ. އިންޑިއާގެ މަނަވަރު ލަންކާއަށް ކުރާ ޒިޔާރަތުގައި އިންޑިއާ ސިފައިން އެ ގައުމުގެ ހާއްސަ ސަރަހައްދުތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ނޭވީއާއި ލަންކާގެ ނޭވީ ގުޅިގެން ދެގައުމު ދެމެދުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާތައްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ މަނަވަރު މިއަދުގެ ވަގުތެއްގައި ކޮލަމްބޯ ހާބަރު ދޫކޮށް ކަނޑުގައި ލަންކާގެ ނޭވީ އާއި ގުޅިގެން އޮޕަރޭޝަން ހިންގުމަށް ވަނީ ރޭވިފައެެވެ.