ޕެންސީލްވެނިއާގެ ނުރައްކާތެރި ގައިދީއަކު ޖަލުން ފިލައިފިއެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ޕެންސީލްވެނިއާގެ ހުޅަނގު ޗެސްޓާ ސިޓީގެ ޗެސްޓާ ކައުންޓީ ޕްރިޒަން އިން ފިލާފައިވަނީ މީހަކު މަރާލުމުގެ ކުށުގައި ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ބްރެޒިލް އަށް އުފަން އުމުރުން 34 އަހަރުގެ ޑަނެލޯ ނަމަކަށް ކިޔާ އެމީހާ ޖަލަށް ލީ އޭނާގެ ކުރީގެ ލޯބި ވެރިޔާ މަރާލުމުގެ ކުށުގައެވެ. ކޯޓުން ވަނީ އޭނާއަށް ޕެރޯލްގެ ދަށުން ވެސް ނުނިކުމެވޭނެ ކަމަށް ހުކުމް ކޮށްފައެވެ.

ނުރައްކާތެރި ގައިދީއަކު ޖަލުން ފިލުމާއެކު ޕެންސީލްވެނިއާގައި ވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން އެތައް ސަތޭކަ ފުލުހުން ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވެއެވެ.

އޮފިޝަލުން ވަނީ ޑަނެލޯ ޖަލުން ފިލި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.