އެންޓާކްޓިކް ގައި މަސައްކަތް ކުރާ މީހަކު ސަލާމަތްކުރުމަށް އޮސްޓްރޭލިއާއިން ބޮޑު އޮޕަރޭޝަނެއް ފަށައިފިއެެވެ.
އޮސްޓްރޭލިއާއިން ފަށާފައިވާ އޮޕަރޭޝަނަކީ އެންޓާކްޓިކްގައި ދިރާސާ ކުރާ މީހުންގެ ތެރެއިން މީހަކު ހާލު ގޯސްވެ އިތުރު ފަރުވާ ބޭނުންވުމުން ފެށި އޮޕަރޭޝަނެކެވެ.
އޮސްޓްރޭލިއާގެ އެންޓާކްޓިކް ޕްރޮގްރާމްގައި ހަރަކާތްތެރިވާ އެ މީހާ ސަލާމަތް ކުރުމަށް އެ ގައުމުން ވަނީ ހާއްސަ އުޅަނދު އާރްއެސްވީ ނުއިނާ ނަމަކަށް ކިޔާ ބޯޓެއް ފުރުވާލައިފައެވެ. އެ އުޅަނދުގައި ހާއްސަ މެޑިކަލް ޓީމަކާއި ހެލިކޮޕްޓަރެއް އުފުލައެވެ. 2139 މޭލުގެ ދިގު ދަތުރެއް އެ ބޯޓު އެންޓާކްޓިކަށް ދިއުމަށް ކުރާނެއެވެ.
އެންޓާކްޓިކްގައި ހުންނަ ރިސާޗް ސެންޓަރުގައި ވައިގެ ދަތުރުފަތުރަށް ހާއްސަ ރަންވޭއެއް އޮވެއެވެ. ނަމަވެސް މޫސުން ގޯސް ވުމުގެ ސަބަބުން އެ ރަންވޭ ބޭނުންކުރެވޭ ގޮތެއް ނުވެއެވެ. ރަންވޭ އަލުން އޮޕަރޭޝަނަކަށް ގެނައުމަށް ގިނަ ދުވަސްތަކެއް ބޭނުންވާނެ ކަމަށްވެސް އޮސްޓްރޭލިއާއިން ބުނެއެވެ.
20 މީހުންގެ މައްޗަށް އެކުލެވޭ ރިސާޗް ޓީމެއް އެންޓާކްޓިކް ރިސާޗް ސެންޓަރުގައި ހަރަކާތްތެރިވާއިރު އެތަނުގައި ފުރިހަމަ ސިއްހީ ހިދުމަތްތަކެއް ނުހުންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ