އިންޑިއާއިން އިރުގެ މިޝަން އަށް ''އަދިތިޔާ-އެލް1'' ލޯންޗްކޮށްފިއެވެ.
އިންޑިއާއިން އިރުގެ ހާއްސަ ތަހުލީލުތަކެއް ކުރުމަށް ފަށާ މި މިޝަންގައި ބޭނުންކުރާ އުޅަނދު އުދުއްސާލާފައި ވަނީ ހޮނިހިރު ދުވަހު ޖީއެމްޓީ ގަޑިން 06:20 ގައެވެ.
އިންޑިއާއިން ފޮނުވާލި އުޅަނދު ''އަދިތިޔާ-އެލް1'' ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ދުނިޔެއާ 1.5 މިލިއަން ކިލޯމީޓަރު ދުރުމިނަކަށެވެ. އިންޑިއާގެ ސްޕޭސް ރިސާޗް އެޖެންސީ (އިސްރޯ) އިން ވަނީ ''އަދިތިޔާ-އެލް1''ގެ މަންޒިލަށް ދަތުރުކުރުމަށް ހަތަރު މަސް ނަގާނެ ކަމަށް ބުނެފައެވެ.
އިރުގެ ތަހުލީލަށް ފޮނުވާ އުޅަނދު މަޑުކުރުމަށް ހަމަޖެހިފައިވަނީ މިޝަންގެ ނަމުގައި ވާ ''އަދިތިޔާ-އެލް1''ގެ އެލް1 ގައެވެ. އެލް1 އަކީ (ލެގްރޭންޖު ޕޮއިންޓް 1) އެވެ. ޔޫރަޕިއަން ސްޕޭސް އެޖެންސީން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން (ލެގްރޭންޖު ޕޮއިންޓް 1) އެއީ ދުނިޔެއާއި އިރުގެ ދެމެދުގައި ހިމެނޭ ގްރެވިޓީ ނިމޭ ޕޮއިންޓެވެ. އެޕޮއިންޓުގައި (ލެގްރޭންޖު ޕޮއިންޓް 1) ގައި ''އަދިތިޔާ-އެލް1'' އަމިއްލަޔަށް ދައުރުކުރާނެ ކަމަށް އެ އިދާރާގެ ރިޕޯޓުގައި ވެއެވެ.
''އަދިތިޔާ-އެލް1'' ލޯންޗު ކުރި ނަމަވެސް ފުރަތަމަ އެ އުޅަނދު ދުނިޔެ ވަށައި ޓެސްޓު ބުރުތަކެއް ޖަހާނެ އެވެ. އެއަށްފަހު އެލް1 ޕޮއިންޓަށް ދަތުރުފަށާނެ ކަމަށް އިސްރޯ އިން ބުނެފައިވެއެވެ.
އިރުގެ ހާއްސަ ތަހުލީލަށް އިންޑިއާއިން މިޝަން ފަށާފައިވާއިރު އެގައުމުން މިދިޔަ މަހު ވަނީ ހަނދުގެ ދެކުނު ތަނޑިއަށް އުޅަނދެއް ފޮނުވާލައި ހަނދުގެ ހާއްސަ ތަހުލީލުތަކެއް ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ