ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތްރާގެ މައްޗަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް އެއް އަހަރަށް ބަދަލުކޮށްދޭން އެ ގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން ނިންމަވައިފިއެވެ.
އަސްކަރީ ބަގާވާތަކުން ވެރިކަން ވައްޓާލިތާ ދެ އަހަރު ފަހުން، 2009 އިން ފެށިގެން ތަކްސިން ޝިނަވަތްރާ ހުންނެވީ އަމިއްލަފުޅަށް އަރުވާލެއްވިގެން ދުބާއީގައެވެ.
އެގޮތުގައި 15 އަހަރު ހުންނެވުމަށްފަހު މިދިޔަ ތަކްސިން ޝިނަވަތްރާ އެނބުރި ގައުމަށް ވަޑައިގަތީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. ނަމަވެސް ގައުމަށް ވަޑައިގެންނެވުމާ އެކު، އެ ގައުމުގެ އަސްކަރިއްޔާއިން އޭނާ ހައްޔަރުކޮށް، ސުޕްރީމް ކޯޓަށް ގެންގޮސް ހުކުމްކުރިއެވެ.
ނަމަވެސް ހިތުގެ މައްސަލަތަކެއް ހުންނަ ކަމަށް ވިދާޅުވުމުން ޖަލުގައި ބަންދުކުރުމުގެ ބަދަލުގައި ބަންދުކޮށްފައި ބެހެއްޓީ ސަރުކާރު ހޮސްޕިޓަލެއްގެ ލަގްޒަަރީ ކޮޓަރިއެއްގައެވެ.
ޝާހީ އާއިލާގެ ނޫހުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ތަކްސިން ޝިނަވަތްރާއަކީ އެ ގައުމަށް ނުހަނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި އޭނާގެ ބޮޑު ވަޒީރުކަމުގައި އެ ގައުމުގެ އެތައް ރައްޔިތުންނަކަށް އެތައް ފައިދާތަކެއް ހޯދައިދެއްވި ބޭފުޅެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ