އޮންލައިން ސްކޭމެއްގައި ބައިވެރިވެ ބަނގުރޫޓު ވުމުން އާއިލާގެ އެންމެން މަރާލައިފިއެވެ.
ތައިލެންޑުގެ ސަންކިތު ޑޮކްމައި ނަމަކަށް ކިޔާ އެ މީހާ ވަނީ އޭނާގެ ރައްޓެއްސަކަށް ލޯނެއް ދެއްކުމަށް އެހީވުމަށް 11،400 ޑޮލަރު ދީފައިކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ. ސަންކިތުގެ އެހީ ލިބުމާއެކު އޭނާގެ ރައްޓެހި މީހާ ފިލާފައިވާ ކަމަށް ފުލުހުން ކުރި ތަހުގީގުން ވަނީ ހާމަވެފައެވެ.
ސަންކިތަށް މާލީ ގޮތުން ދިމާވި ހާލަތުން އަރައިގަތުމަށް އޭނާގެ އަންހެނުން ވަނީ ލޯނެއް ނަގަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ނެގި ލޯނު އޮންލައިން ސްކޭމެއްގައި ޖެހި ގެއްލުނީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ތައިލެންޑުގެ ފުލުހުން ވަނީ ސަންކިތުގެ އާއިލާ މީހުން އޭނާ އަމިއްލަޔަށް މަރާލިކަމަށް ތަހުގީގުން ހާމަވެފައިވާކަމަށް ބުނެފައެވެ. އެގޮތުން އޭނާގެ އަންހެނުންނާއި ނުވަ އަހަރާއި 13 އަހަރުގެ ދެކުދިން ވަނީ މަރާލާފައެވެ. މީގެ އިތުރުން ސަންކިތު ވެސް ވަނީ އަމިއްލައަށް މަރުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ފުލުހުން ވަނީ ސަންކިތުގެ ކަރަށް އަނިޔާ ވެފައިވުމުގެ ސަބަބުން އޭނާއަށް ވާހަކަ ނުދެއްކޭ ކަމަށް ބުނެފައެވެ.
މި ސްކޭމް ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 11 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ