މާލެ އާއި ހުޅުމާލޭގެ ބައެއް ރޫޓުތަކުގައި ދޭ އާރުޓީއެލްގެ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ.
މާލޭ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް މީގެ ކުރިން ދެމުން އައީ ހެނދުނު 5:45 އިން ރޭގަނޑު 12:15 އާ ހަމައަށެވެ. އަދި ހުކުރު ދުވަހުގެ ބައެއް ވަގުތުތަކުގައި ދަތުރުތައް މެދުކަނޑާލައެވެ.
އާރްޓީއެލް ބަހުގެ ހިދުމަތް ދެމުން އަންނަ އެމްޓީސީސިން ބުނީ، މިއަދުން ފެށިގެން މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ވެސްޓްޕާކުގެ ރޫޓުތަކާއި އާރް-7ގެ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް، 24 ގަޑިއިރު ބަސް ދަތުރުތައް ކުރާނެ ކަމަށެވެ. އެގޮތުން މިރެއިން ފެށިގެން ދަންވަރުގެ ގަޑިތަކުގައި އެ ރޫޓުތަކުން ގަޑިއަކު އެއް ފަހަރު ދަތުރުތައް ކުރާނެ ކަމަށް ބުންޏެވެ.
ބަހުގެ ހިދުމަތް ކޮންމެ ދުވަހަކުވެސް އެތައް ސަތޭހަ ބަޔަކު ހޯދައެވެ.
ޚަބަރު
ޚަބަރު
ޚަބަރު