ބަޔަކާ ގުޅިގެން މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އަލީ ޝާހިދު (ސްޓެޕް އައްޔަ) 43އ. ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އިތުރު ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް، އަދި އޭނާގެ ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި މައްސަލައެއް މިމަހުގެ ހަތަރުވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިއްޔެ 43 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސްޓެޕް އައްޔައެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.